ހައިކޯޓުގެ ފަނޑިޔާރުކަމަށް 17 ބޭފުޅުން ކުރިމަތިލައްވައިފި

ހައި ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދުވާތީ ހުސްވި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައި ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނާއި ކުރީގެ ބައެއް ފަނޑިޔާރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މިހާރު މެމްބަރު އަލީ އަބްދުއްލަތީފާއި ބައެއް ވަކީލުންވެސް ހިމެނެ އެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 45،700 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ. އެކަމަކު މިވަގުތު އެ ކޯޓުގައި ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *