ޙުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރަކުން ވެއްޓުނު މީހާ މަރުވެއްޖެ އެވެ.
ވިނަރެސް ޓަވަރު އަށަކުން ވެއްޓި މަރުވީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވީ ޓަވަރުން ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މިހާދިސާ ހިނގީ މިއަދު ހަވީރުވާން އުޅެނިކޮށެވެ. މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.




