އަބްދުއްރަޙްމާންގެ މަރުގެ މައްސަލައިގައި ހުރިހާ ކަމެއްވެސް ބަލާނަން: ޕޮލިސް

އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލައިގައި ތަހުގީގީ ނަޒަރަކުން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަބްދުއްރަޙްމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް އަމާޒުކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ވަނީ އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސް ޕޯސްޓްމޯޓަމް ހެދުމަށްވެސް ނިންމާފަ އެވެ. އަބްދުއްރަހްމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން ބުންޏެވެ.

ޕޯސްޓްމޯޓަމް ހޯދުމަށް އަންނަ ހޯމަ ދުވަހު އަބްދުއްރަހްމާންގެ ހަށިގަނޑު ފޮނުވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެ ރަށު މީހުން އަދި އެއްވެސް މީހަކަށް ތުހުމަތެއްވެސް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *