ރައީސް ޑރ. މުއިއްޒާއި ކޮމަންވެލްތުގެ ސެކްޓަރީ ޖަނެރަލް ބައްދަލު ކުރައްވައިފި

ރާއްޖޭގެ އިއްޒަތްތެރި ރައީސް ޑރ މުހައްމަދު މުއިއްޒާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާރލީ އަޔޯރކޯރ ބޮޗްވޭ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލުވުން އޮތީ މިހާރު ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ލަންޑުގަ އެވެ.

މި ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ކޮމަންވެލްތުން މޯލްޑިވްސް އަށް ސަމާލުކަން ދޭންޖެހޭ މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ނިންމާފައިވާކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.

 

މަލްޓިލޭޓަރަލް ޕްލެޓްފޯމްތަކުގައި ޝެއަރޑް ޕްރިއޮރިޓީސް އަށް ވަކާލާތު ކުރުމުގައި ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސްގެ މެދުގައި މޯލްޑިވްސް އިން ލީޑަޝިޕްގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އަދި މި މަޤްޞަދު ޙާޞިލުކުރުމުގައި ކޮމަންވެލްތާއެކު އެއްބާރުލުން ދެމިއޮތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހޯދުމަށް ޤައުމީ ތަޞައްވުރު ފާހަގަކުރެއްވިއެވެ.

ރައީސް އާއި ސެކްރެޓަރީ ޖެނެރަލް ވަނީ ޑިމޮކްރަސީއާއި ހެޔޮވެރިކަމާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި މަސްވެރިކަމާއި ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމާ ގުޅޭ ފުޅާ ދާއިރާއެއްގައި ހިއްސާވާ މަސްލަހަތުތަކެއްގެ މައްޗަށް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމަކީ މޯލްޑިވްސް އާއި ކޮމަންވެލްތުގެ ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *