އެޗްޑީސީގެ ބައެއް އިސްވެރިން ޒިންމާތަކުން އެކަހެރިކޮށްފި

އެޗްޑީސީގެ ބައެއް އިސްވެރިން އެ މީހުންގެ ޒިންމާތަކުން އެކަހެރިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ފަސް ޑިޕާޓްމަންޓެއްގެ ވެރިންނަށެވެ.

އެޗްޑީސީގެ ބައެއް ވެރިން ޒިންމާތަކުން އެކަހެރި ކުރި ކަން އެ ކުންފުނިންވެސް ޔަގީންކޮށްދެ އެވެ. އެކަމަކު އަދި އެއްވެސް ވެރިޔަކު ސަސްޕެންޑް ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް ފިޔަވަޅު އެޅި ސަބަބާ ގުޅޭ ގޮތުން އެޗްޑީސީ އަކުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެޗްޑީސީގެ އިސް ވެރިންތަކެއް ޒިންމާ އިން އެކަހެރިކޮށްފައި މިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމާ އަލީ ޒުހައިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވާލުވެވަޑައިގަތުމަށްފަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *