އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް މީރާއިން އެވޯޑް ދީފި

ފާއިތުވީ 15 އަހަރުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެންމެ ގިނައިން މީރާއަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ "ރަންފަނަރަ" އެވޯޑް ނަމުގައި ހާއްސަ އެވޯޑެއް 15 ފަރާތަކަށް ދީފި އެވެ.

މި އެވޯޑު ދީފައިވަނީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

މި އެވޯޑް ހަވާލުކޮށް ދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އެވޯޑް ލިބުނު ކުންފުނިތައް
ބޭންކް އޮފް މޯލްޑިވްސް
ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް – ދިރާގު
އައި އެންޑް ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
އިތާފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
އުރީދޫ މޯލްޑިވްސް
ގަތަރު އެއާވޭސް ގުރޫޕް
ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑް
ސްޓޭޓް ބޭންކް އޮފް އިންޑިއާ
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)
ޓްރާންސް މޯލްޑިވިއަން އެއާވޭސް
ޔުނިވާސަލް އެންޓަޕްރައިސެސް ޕްރައިވެޓް ލިމިޓެޑް
ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް

މީރާ އިން ބުނި ގޮތުގައި މި ފަރާތްތަކީ ޖެނުއަރީ 1، 2011 އިން ފެށިގެން މި އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި މީރާއަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކައިފައިވާ ފަރާތްތަކެވެ.

މީރާއިން ޢަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންފަނަރަ އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފަ އެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި މި ހަފްލާގައި މީރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، 10 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނާއި 15 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުނަށް ހާއްސަ އެވޯޑް ދީފައިވެއެވެ. އަދި ފާއިތުވީ އަހަރުގެ މީރާގެ 'ސްޓާފް އޮފް ދަ އިޔާ' ހޮވައި އެ ފަރާތަށްވެސް އެވޯޑްދީފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *