ޗައިނާއިން ދެ ލައްކަ ފަތުރުވެރިން

ޗައިނާ އިން މި އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޗައިނާއިން އަހަރުގެ މިހާތަނަށް 203،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.35 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 15 ޕަސެންޓަކީ ޗައިނާ ފަތުރުވެރިންނެވެ. ފާއިތުވި 2024 ވަނަ އަހަރު ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އެރީ ސެޕްޓެމްބަރު މަހު އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 203،686 ފަތުރުވެރިން
ރަޝިއާ – 160،349 ފަތުުރުވެރިން
އިނގިރޭސިވިލާތް – 125،500 ފަތުުރުވެރިން
އިޓަލީ – 96،479 ފަތުުރުވެރިން
ޖަރުމަނު – 94،335 ފަތުުރުވެރިން
އިންޑިއާ – 77،366 ފަތުުރުވެރިން
އެމެރިކާ – 40،824 ފަތުުރުވެރިން
ފްރާންސް – 38،694 ފަތުުރުވެރިން
ސްޕެއިން – 28،028 ފަތުުރުވެރިން
ސްވިޓްޒަލޭންޑް – 25،873 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 991،946 ފަތުރުވެރިން — 73.3 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 297،081 ފަތުރުވެރިން — 21.9 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 36،057 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 28،087 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 975 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 890 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *