މަޖިލީހުގެ ދައުރު އިތުރުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި އެވެ.

މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ ގޮތުން މަޖިލީހުގެ ދައުރު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން އަބްދުއްރަހީމް ހުށަހެޅުއްވި އެވެ.

ދައުރު އިތުރުކުރަން ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

ދައުރު އިތުރުކުރަން ހުށަހެޅުއްވީ މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *