މާމަޑުއްވަރީ، ހިތާދޫއާ ހަވާލުކުރުމަށް ނިންމައިފި

ބ. މާމަޑުއްވަރީ އެ އަތޮޅު ހިތާދޫއާ ހަވާލުކުރުމަށް ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާންކުރެއްވީ ހިތާދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ގައެވެ.

ރައީސް ވިދާޅުވީ 'މާމަޑުއްވަރީއަކީ ތާރީހަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިގްތިސާދީ ގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއް ކަމަށެވެ. ނަމަވެސް މިހާރު އެއީ ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ގިނަ އަހަރުތަކަކަށް ބަޔަކާ ހަވާލުކުރެވިފައިވާ ރަށެއް ކަމަށްވެސް ވިދާޅުވި އެވެ.

"އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއް. ގާނޫނާއި ގަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ހަވާލުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ހިތާދޫގައި މިއަދު ވަނީ އެ ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ މި ދެ މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބޭނެ ކަމަށާއި ސްކޫލް ހޯލް ނިމޭއިރު ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާ ގޮތަށް މި މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *