55 ރަށެއްގެ ކައުންސިލް އިމާރާތް އަޅަން އާރްސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް އެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހު ފަށައި އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ.

މި މަޝްރޫއުގެ ތެރޭގައި ކައުންސިލް އިދާރާތަކަށް ބޭނުންވާ ފަރުނީޗަރު ހޯދުން ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން މި މަޝްރޫއު މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުންޏާ ހަވާލުކުރި އެވެ. ނަމަވެސް ފަހުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *