ލެޖެންޑަރީ ފުޓްސަލް ތަރި ރިކާޑީނިއޯ އެޗްޑީސީއަށް ކުޅުމަށް ރާއްޖެއަށް

ދުނިޔޭގެ ފުޓްސަލްގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ލެޖެންޑަރީ ކުޅުންތެރިޔާ ރިކާޑީނިއޯ، ކުރިއަށް އޮތް ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުމަށްޓަކައި ކްލަބް އެޗްޑީސީއާ ގުޅިއްޖެ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ރިކާޑީނިއޯ މިއަހަރު ބާއްވާ ކްލަބް މޯލްޑިވްސް ކަޕްގައި އެޗްޑީސީގެ ޖާޒީގައި ފެނިގެންދާނެ އެވެ.

މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތް ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައިވެސް މިފެންވަރުގެ ކުޅުންތެރިޔަކު ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މީގެކުރިން ދުނިޔޭގެ ފުޓްސަލްގައި ނަން މަޝްހޫރު އީރާނުގެ ބައެއް ކުޅުންތެރިން ކްލަބް މޯލްޑިވްސް ކަޕްގައި ކުޅެފައިވީ ނަމަވެސް ރިކާޑީނިއޯއަކީ އެފަދަ ކުޅުންތެރިންނާ އަޅާ ބަލާއިރު މުޅިން އެހެން ފެންވަރެއްގެ ތަރިއެކެވެ.

އެޗްޑީސީން މިވަނީ 2021 ވަނަ އަހަރު ފީފާ ފުޓްސަލް ވޯލްޑް ކަޕް ޕޯޗުގަލްއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، އެ ޓީމުގެ ކެޕްޓަން ރިކާޑީނިއޯގެ ސޮއި ހޯދައި، ދިވެހި ފުޓްސަލްގެ ތާރީހީ އާ ސޮފްހާއެއް ލިޔެފަ އެވެ. މި ސޮއި އަކީ ކްލަބް މޯލްޑިވްސް ކަޕްގެ ތާރީހުގައިވެސް ޓީމަކުން ކުޅުންތެރިޔަކަށް ކުރާ އެންމެ ބޮޑު މާލީ އިންވެސްޓްމަންޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *