ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާއިޝަތު މުޒްނާ އައްޔަންކޮށްފި އެވެ.
މުޒްނާ މިވަގުތުވެސް ހުންނެވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގައެވެ.
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކުރީ މުހައްމަދު އާމިރު ބޯޑުން ވަކިކުރެއްވުމަށްފަހު އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހްމީ ވަކިކޮށް އެ މަގާމަށް އަހްމަދު ޝަމާހު ރަޝީދުވެސް މި ހަފްތާގެ ތެރޭގައި ވަނީ އައްޔަންކޮށްފަ އެވެ.




