ސްޓެލްކޯއަށް ހިދުމަތްކޮށް ދެއްވި ތިން މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އިހުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ހިދުމަތްކޮށް ދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއައެކު ރިޓަޔާކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.
ރިޓަޔާ ކުރެއްވި ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދިނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އެވެ.
މި ހަފުލާގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ 42 އަހަރު ހިދުމަތް ކުރެއްވި ސީނިއާ ސާވިސް އިންޖިނިއާ އަހުމަދު މަނިކު (ސުތުލި) އާއި ހިދުމަތުގައި 34 ހޭދަކުރެއްވި ސީނިއާ ސާވިސް އިންޖިނިއާ އިބްރާހިމް ރަޝީދު (އަންދަރޭ) އަދި ހިދުމަތުގައި ހަތް އަހަރު ހޭދަކުރެއްވި ސީނިއާ ސާވިސް ސުޕަވައިޒަރު ހަސަން ހަލީމް އެވެ.




