ކ. އަތޮޅަށް 739،000 ފަތުރުވެރިން، މިއީ 45 ޕަސެންޓް

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު 45 ޕަސެންޓް — 739،030 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ރާއްޖެ 1،643،148 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތަކުގެ ތަފާސްހިސާބު
ހއ. އަތޮޅު: 11،550 ފަތުރުވެރިން – 0.7 ޕަސެންޓް
ހދ. އަތޮޅު: 4،521 ފަތުރުވެރިން – 0.3 ޕަސެންޓް
ށ. އަތޮޅު: 13،593 ފަތުރުވެރިން – 0.8 ޕަސެންޓް
ނ. އަތޮޅު: 74،587 ފަތުރުވެރިން – 4.5 ޕަސެންޓް
ރ. އަތޮޅު: 128،425 ފަތުރުވެރިން – 7.8 ޕަސެންޓް
ބ. އަތޮޅު: 88،035 ފަތުރުވެރިން – 5.4 ޕަސެންޓް
ޅ. އަތޮޅު: 75،016 ފަތުރުވެރިން – 4.6 ޕަސެންޓް
ކ. އަތޮޅު: 739،030 ފަތުރުވެރިން – 45 ޕަސެންޓް
އއ. އަތޮޅު: 107،257 ފަތުރުވެރިން – 6.5 ޕަސެންޓް
އދ. އަތޮޅު: 142،781 ފަތުރުވެރިން – 8.7 ޕަސެންޓް
ވ. އަތޮޅު: 53،336 ފަތުރުވެރިން – 3.2 ޕަސެންޓް
މ. އަތޮޅު: 18،587 ފަތުރުވެރިން – 1.1 ޕަސެންޓް
ފ. އަތޮޅު: 4،726 ފަތުރުވެރިން – 0.3 ޕަސެންޓް
ދ. އަތޮޅު: 81،117 ފަތުރުވެރިން – 4.9 ޕަސެންޓް
ތ. އަތޮޅު: 2،783 ފަތުރުވެރިން – 0.2 ޕަސެންޓް
ލ. އަތޮޅު: 5،408 ފަތުރުވެރިން – 0.3 ޕަސެންޓް
ގއ. އަތޮޅު: 23،633 ފަތުރުވެރިން – 1.4 ޕަސެންޓް
ގދ. އަތޮޅު: 13،950 ފަތުރުވެރިން – 0.8 ޕަސެންޓް
ފުވައްމުލައް ސިޓީ: 5،691 ފަތުރުވެރިން – 0.3 ޕަސެންޓް
ސ. އަތޮޅު: 14،093 ފަތުރުވެރިން – 0.9 ޕަސެންޓް

ރާއްޖޭގައި މި ވަގުތު ފަތުރުވެރި ކަމަށް 174 ރިސޯޓާއި 925 ގެސްޓްހައުސް އާއި 163 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ރިސޯޓުތަކުގައި 1،209،095 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 356،586 ފަތުރުވެރިންނެވެ.

ހޮޓާތަކުގައި 42،437 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ޓޫރިސްޓް އުޅަނދުތަކުގައި 33،716 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *