ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ގެނެސްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވާ ތަރައްގީގެ މަޝްރޫއުތައް — ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި އެވެ.

ރާއްޖޭގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެމްޓީސީސީ އިން ބުނީ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކް ޝިޕްމަންޓް ރާއްޖެ ގެނައީ ހުކުރު ދުވަހު ކަމަށާއި ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްމަންޓްގައި 56،450 ޓަނުގެ ބޮޑުހިލަ ގެނެސްފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ މި އަހަރު ނިމުމުގެ ކުރިން 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫއުތައް އަވަހަށް ނިންމުމަށް ބޭނުންވާ ޖުމްލަ އަދަދު ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *