ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 10.1 ޕަސެންޓް އިތުރުވެފަ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 280,416 ފަތުރުވެރިން
ރަޝިއާ – 209,047 ފަތުުރުވެރިން
އިނގިރޭސިވިލާތް – 150,040 ފަތުުރުވެރިން
ޖަރުމަނު – 122,091 ފަތުުރުވެރިން
އިޓަލީ – 115,383 ފަތުުރުވެރިން
އިންޑިއާ – 98,656 ފަތުުރުވެރިން
އެމެރިކާ – 49,474 ފަތުުރުވެރިން
ފްރާންސް – 44,125 ފަތުުރުވެރިން
ސްޕެއިން – 41,401 ފަތުުރުވެރިން
އޮސްޓްރޭލިއާ – 32,619 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.2 މިލިއަން ފަތުރުވެރިން — 73.6 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 21.6 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 929 ގެސްޓްހައުސްގެ އިތުރުން 163 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.




