ރަސްމީ ރިޒާވް 859 މިލިއަން ޑޮލަރަށް އިތުރުވެއްޖެ

މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 859.46 މިލިއަން ޑޮލަރަށް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރަސްމީ ރިޒާވް ވަނީ އޮގަސްޓް މަހާ އަޅާބަލާއިރު 49.41 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ރަސްމީ ރިޒާވްގައި އޮގަސްޓް މަސް ނިމުނުއިރު ހުރީ 810.05 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވްގައި ނުހިމެނޭ އެހެނިހެން ފޮރިން ކަރަންސީ އެސެޓްގެ ގޮތުގައި ސެޕްޓެމްބަރު މަސް ނިމުނުއިރު 116.64 މިލިއަން ޑޮލަރު ހުއްޓެވެ.

ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 781.75 މިލިއަން ޑޮލަރުގަ އެވެ.

އެހެންކަމުން ބޭނުންކުރެވޭ ރިޒާވްގައި ސެޕްޓެމްބަރު މަސް ނިމުނުއިރު ހުރީ 194.35 މިލިއަން ޑޮލަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *