މޯލްޑިވިއަންގެ ދަތުރުތައް ގަމުން ޓްރިވެންޑްރަމަށް

ގައުމީ އެއާލައިން — މޯލްޑިވިއަންގެ ދަތުރުތައް އައްޑޫ ސިޓީ ގަމާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ބޭއްވުމަށް ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި މި ދަތުރުތައް ބާއްވަނީ ގަން-މާލެ-ޓްރިވެންޑްރަމަށެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގު ފެށެނީ 349 ޑޮލަރަށެވެ. އަދި 20 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.

ގަމުން އިންޑިއާއަށް ދަތުރުތައް ފަށާއިރު މޯލްޑިވިއަން އިން ވަނީ މާލެއިން ޓްރިވެންޑްރަމް އާއި ކޮޗިންއަށް ހާއްސަ ފެއާއެއްވެސް ތައާރަފުކޮށްފަ އެވެ. މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މާލެއިން ކޮޗިންއަށް ކުރާ ދަތުރުތަކުގެ އަގު 176 ޑޮލަރަށް ފެށޭއިރު މާލެ-ޓްރިވެންޑްރަމް ދަތުރުތަކުގެ ޓިކެޓް އަގު ފެށެނީ 232 ޑޮލަށަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *