އުރީދޫން ގޫގުލް ވޯކްސްޕޭސް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ވިޔަފާރިތަކަށް ގޫގަލް ވޯކްސްޕޭސް ތައާރަފުކޮށްފި އެވެ.

ގޫގުލް ވޯކްސްޕޭސްއަކީ ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ހިމެނޭ ކްލައުޑް ބޭސްޑް ނިޒާމެކެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން މިއަދު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދް އަލް ހަމާދީ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ވިޔަފާރިތައް ބާރުވެރި ކުރުވުމަށް އުރީދޫން އަބަދުވެސް ސަމާލުކަންދޭ ކަމަށެވެ.

އެ ގޮތުން ގޫގުލް ވޯކްސްޕޭސް ފަދަ ދުނިޔޭގެ ފެންވަރުގެ ޓޫލްތަކާއެކު ވިޔަފާރިތަކުގެ މަސައްކަތް ބަދަލުވެ، އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ހަމާދީ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށައި ގަންނަ ވިޔަފާރިތަކާއި ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތަކަށް ގޫގުލް ވޯކްސްޕޭސްއާއެކު އެއްބާރުލުން ލިބި ލަނޑުދަނޑިތައް ހާސިލުކޮށްދޭނެ ކަމަށެވެ. އަދި އުރީދޫގެ އަމާޒަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނާއެކު ދިވެހި ވިޔަފާރިތަކަށް އެއްބާރުލުން ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން ތައާރަފްކުރި ޕާޓްނާޝިޕްއާއެކު ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ގޫގުލް ވޯކްސްޕޭސްގެ ސަބްސްކްރިޕްޝަން ލިބޭނެ އެވެ.

ގޫގަލް ވޯކްސްޕޭސްއާއެކު ވިޔަފާރިތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި ޕްރޮފެޝަނަލް އީމެއިލްގެ އިތުރުން ޑޮކިއުމެންޓުތަކާއި ސްޕްރެޑްޝީޓްތަކުގައި ގިނަ ބަޔަކަށް އެއް ވަގުތެއްގައި ކޮންމެ ތަނެއްގައި ތިބެގެންވެސް މަސައްކަތް ކުރެވުން ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *