އިންޑިއާއިން އެއްލައްކަ ފަތުރުވެރިން

އިންޑިއާއިން މި އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާއިން 100،596 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1،743،577 ފަތުރުވެރިންގެ 5.8 ޕަސެންޓެވެ.

އިންޑިއާއަކީ މިހާރު ހަވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ގައުމެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 284,933 ފަތުރުވެރިން
ރަޝިއާ – 213,851 ފަތުުރުވެރިން
އިނގިރޭސިވިލާތް – 152,884 ފަތުުރުވެރިން
ޖަރުމަނު – 126,892 ފަތުުރުވެރިން
އިޓަލީ – 116,705 ފަތުުރުވެރިން
އިންޑިއާ – 100,596 ފަތުުރުވެރިން
އެމެރިކާ – 50,529 ފަތުުރުވެރިން
ފްރާންސް – 44,859 ފަތުުރުވެރިން
ސްޕެއިން – 42,280 ފަތުުރުވެރިން
އޮސްޓްރޭލިއާ – 33,319 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1,284,761 ފަތުރުވެރިން — 73.7 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 376,146 ފަތުރުވެރިން — 21.6 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 45,059 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 36,145 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 1,467 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 929 ގެސްޓްހައުސްގެ އިތުރުން 163 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *