ޣާޒިޔާ އޭއައިއޭގެ ބޯޑަށް، މުޖުތަބާ އެމްއޭސީއެލްގެ ބޯޑަށް

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށް ނޮން-އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް ފާތިމަތު ޣާޒިޔާ ފަތުހީ އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑަށް މުޖުތަބާ ލަތީފް އައްޔަންކުރައްވައިފި އެވެ.

ސ. ފޭދޫ، އާބާދީގޭ، އާޒިޔާ އާއި ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ބޯޑަށް އައްޔަންކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންވެސް ވަނީ ބުނެފަ އެވެ.

ޣާޒިޔާ މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓްރީގައެވެ. މުޖުތަބާ އަކީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *