އައްޑޫ ސިޓީގެ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް މިއަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު ބޭއްވެވި ބައްދަލުވުމެއްގެ ފޮޓޯ ހިއްސާކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑް 19ގެ އާލަމީ ވަބާގެ ތެރެއިން 2020 ވަނަ އަހަރުގެ މާޗް މަހު އެވެ.
ގޮލްފް ކޯހެއްވެސް އޮންނަ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ.
ޝަންގްރިއްލާ ރިސޯޓްގައި 60 ވޯޓަ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.




