ޗޮންޗިން އެއާލައިނާއި ބްރިޓިޝް އެއާވޭސްއަށް އާ ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖާ ޓާމިނަލްގައި ޗޮންޗިން އެއާލައިން އާއި ބްރިޓިޝް އެއާވޭސް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ވީއައިއޭގެ އާ ފަސިންޖާ ޓާމިނަލުން ހިދުމަތް ދޭން ފެށި 12 އަދި 13 ވަނަ އެއާލައިނެވެ.

މި ދެ އެ އެއާލައިނަށް އާ ޓާމިނަލުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެއާލައިންތަކުގެ އެޖެންޓުން ބައިވެރިވި އެވެ.

މި ދެ އެއާލައިންގައި ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު އެ ދެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ހުޅުވައި ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ޖޫން 24، 2024 ގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *