ސަރުކާރު ބަންދުވިޔަސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ

ނަސްރުގެ ދުވަހާއި ގުޅިގެން މިމަހުގެ 2 އަދި 3 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވީނަމަވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމާއެކު ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސައި ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ނަސްރުގެ ދުވަހާއި ގުޅިގެން މި މަހުގެ 2 އަދި 3 ވަނަ ދުވަހުގައި އެ ކުންފުނީގެ ސާވިސް ކައުންޓަރުތައް ބަންދުވާނެ ކަމަށެވެ.

ސާވިސް ކައުންޓަރުތައް ބަންދު ވިނަމަވެސް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރު 1545 ގެ ހިދުމަތް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯގެ ސާވިސް ކައުންޓަރުގެ ހިދުމަތް މިމަހުގެ 4 ވާ އަންގާރަ ދުވަހުން ފެށިގެން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *