ޗައިނާއިން މި އަހަރުގެ މިހާތަނަށް ތިން ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ADS BY OOREDOO
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 300،352 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 1،897،840 ފަތުރުވެރިންގެ 15.8 ޕަސެންޓެވެ.
ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެއްވަނައިގައި އޮތް ގައުމެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
ޗައިނާ – 300,352 ފަތުރުވެރިން
ރަޝިއާ – 239,004 ފަތުުރުވެރިން
އިނގިރޭސިވިލާތް – 168,597 ފަތުުރުވެރިން
ޖަރުމަނު – 141,739 ފަތުުރުވެރިން
އިޓަލީ – 124,406 ފަތުުރުވެރިން
އިންޑިއާ – 109,297 ފަތުުރުވެރިން
އެމެރިކާ – 54,449 ފަތުުރުވެރިން
ފްރާންސް – 48,673 ފަތުުރުވެރިން
ސްޕެއިން – 46,582 ފަތުުރުވެރިން
އޮސްޓްރޭލިއާ – 36,274 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.39 މިލިއަން ފަތުރުވެރިން — 73.7 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 408,608 ފަތުރުވެރިން — 21.5 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 48,715 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 39,475 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 1,643 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 176 ރިސޯޓާއި 935 ގެސްޓްހައުސްގެ އިތުރުން 168 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.




