ޑޮލަރު އާމްދަނީ 38.5 ޕަސެންޓް އިތުރުވެއްޖެ

ދައުލަތަށް މި އަހަރު ޑޮލަރުން ލިބުނު އާމްދަނީ 38.5 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބުނެވެ.

ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 871.3 މިލިއަން ޑޮލަރެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ — ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 578 މިލިއަން ޑޮލަރު މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ލިބުނެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 126.7 މިލިއަން ޑޮލަރު ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 97 މިލިއަން ޑޮލަރު ލިބުނެވެ.

މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 100 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.2 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 119.8 މިލިއަން ޑޮލަރު މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ލިބުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *