ފިންޓެކްއާއެކު މުޅި ރާއްޖެއަށް އިގްތިސާދީ ގޮތުން ގިނަގުނަ ކުރިއެރުންތަކެއް ލިބިގެންދާނެ

މާލެ ސަރަހައްދަށް ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 1.6 މެގަވޮޓުގެ ހައިސްޕީޑް 20 ޖެންސެޓް މާލެ ސަރަހައްދަށް އިތުރުކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ މާލެ ސަރަހައްދުގައި ކަރަންޓަށް އިތުރުވަމުންދާ ޑިމާންޑާއި އެއްވަރަށް ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރު ހުޅުމާލޭގައި ސްޓެލްކޯގެ އެނެކްސް ގާއިމުކޮށް، ހައިސްޕީޑް ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވިފައިވާ ކަމަށެވެ.

ހުޅުމާލޭ އެނެކްސް 1 އަދި 2 ގާއިމުކުރުމާއެކު މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރެވިފައިވާކަން ސްޓެލްކޯ އިން ފާހަގަކުރެ އެވެ.

ސްޓެލްކޯ ހުޅުމާލެ އެނެކްސް 1 ގާއިމުކޮށް މިދިޔަ އަހަރު 1.6 މެގަވޮޓުގެ ހައިސްޕީޑް 8 ޖެންސެޓް އިންސްޓޯލްކޮށް ވަނީ ކޮމިޝަންކޮށްފަ އެވެ. މީގެ އިތުރުން ސްޓެލްކޯ ހުޅުމާލެ އެނެކްސް 2 ގާއިމުކޮށް މި އަހަރު 1.6 މެގަވޮޓުގެ ހައިސްޕީޑް 12 ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *