އެސްޓީއޯއިން ޑައިސަން ތައާރަފުކޮށްފި

އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމުގައި ޑައިސަންގެ އޮތެންޓިކް ޕްރޮޑަކްޓްތައް އެސްޓިއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކުރީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

މި ލޯންޗް އިވެންޓް ކުރިއަށް ދިޔައީ ރާއްޖޭގެ މަޝްހޫރު ސުލޫނެއް ކަމުގައިވާ 'އަނާ ސެލޯން" އާއި ގުޅިގެންނެވެ.

މި އިވެންޓްގައި ޑައިސަން ގެ ޕްރޮޑަކްތަކުގެ ތެރެއިން އިސްތަށިގަނޑަށް ހާއްސަކުރެވިފައިވާ ޕްރޮޑަޓްތައް ބޭނުން ކުރާނެ ގޮތް ކަސްޓަމަރުންނަށް ވަނީ ދައްކާލާފަ އެވެ.

އެސްޓީއޯއިން މިވަގުތު ބާޒާރަށް ނެރެފައިވަނީ ޑައިސަން ބްރޭންޑުގެ ވަކިޔުމް ކްލީނާ އާއި ހެއާ ޑްރަޔާ އަދި ހެއާ ސްޓްރެއިޓްނާ ފަދަ އިސްތަށިގަނޑަށް ބޭނުން ކުރާ އުފެއްދުންތަކެވެ.

ކުރިއަށް އޮތްތަނުގައި ޑައިސަން އެއާ ޕިއުރިފަޔާ ފަދަ އިތުރު ޕްރޮޑަކްޓްތައް އެސްޓިއޯ ޖެނެރަލް ޓްރޭޑިންގް މެދުވެރިކޮށް ރާއްޖޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *