މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް 9،613 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެއަކީ މިފަހުން ރާއްޖެއަށް އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި ޓޫރިސްޓުން އައި ދުވަހަށެވެ.
އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ހޮނިހިރު ދުވަހުވެސް ރާއްޖެއަށް 9،040 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް ޖުމްލަ 2,174,423 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,977,432 ފަތުރުވެރިންނަށްވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ޗައިނާ – 326,707
ރަޝިއާ – 268,646
އިނގިރޭސިވިލާތް – 196,572
ޖަރުމަނު – 163,470
އިޓަލީ – 142,533
އިންޑިއާ – 128,539
އެމެރިކާ – 63,864
ފްރާންސް – 56,045
ސްޕެއިން – 53,577
ސްވިޓްޒަލޭންޑް – 41,498
ރާއްޖޭގައި ފަތުރުވެރިކަމަށް މިހާރު 178 ރިސޯޓާއި 969 ގެސްޓްހައުސް އާއި 167 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.




