ހައިސްކައިގެ ހިދުމަތްތައް އާ ޓާމިނަލަށް

ރޯމޭނިއާގެ ލޯ-ކޮސްޓް އެއާލައިން ހައިސްކައިގެ ހިދުމަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.

ވީއައިއޭގެ އާ ޓާމިނަލް — ޓާމިނަލް 1 އިން ހައިސްކައިއަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ހަފުލާގައި ވަނީ އެ އެއާލައިންގެ ފްލައިޓަށް ވޯޓާ ސެލިއުޓެއްދީފަ އެވެ. އަދި ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ހައިސްކައިއާއެކު 35 އަށްވުރެ ގިނަ އެއާލައިން މިހާރު ވަނީ ވީއައިއޭގެ އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.

އެމްއޭސީއެލް އިން ހިންގާ ވީއައިއޭގެ ޓާމިނަލް ރަސްމީކޮށް ހުޅުވީ މިދިޔަ ޖުލައި 26 ގަ އެވެ.

އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

ވީއައިއޭގެ އާ ޓާމިނަލަކީ އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *