ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ދެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.
ބީޔޫސީޖީއާ ހަވާލުކުރީ 1،117 ހައުސިން ޔުނިޓްގެ މަޝްރޫއެވެ. މި ޔުނިޓތައް އިމާރާތްކުރަނީ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގަ އެވެ. ސީއެމްއީސީއާ ހަވާލުކުރީ 1،224 ހައުސިން ޔުނިޓްގެ މަޝްރޫއެވެ.
މި ހައުސިން ޔުނިޓްތަކުގެ މަޝްރޫއު އަންނަ ޖެނުއަރީ މަހު ފަށަން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އުފެއްދީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގަ އެވެ.




