ޓާކިޝް އެއާލައިންސްގެ ހިދުމަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.
ވީއައިއޭގެ އާ ޓާމިނަލް — ޓާމިނަލް 1 އިން ޓާކިޝް އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ހަފުލާގައި ވަނީ އެ އެއާލައިންގެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޓާކިޝް އެއާލައިނަކީ ވީއައިއޭގެ އާ ޓާމިނަލަށް ބަދަލުކުރި 41 ވަނަ އެއާލައިނެވެ.
އެމްއޭސީއެލް އިން ހިންގާ ވީއައިއޭގެ ޓާމިނަލް ރަސްމީކޮށް ހުޅުވީ މިދިޔަ ޖުލައި 26 ގަ އެވެ.
އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖާ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
ވީއައިއޭގެ އާ ޓާމިނަލަކީ އަހަރެއްގެ މައްޗަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.




