މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 29،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 29،596 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 25،076 ފަތުރުވެރިންނަށްވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ރަޝިއާ – 6،304 ފަތުރުވެރިން
އިޓަލީ – 5،381 ފަތުރުވެރިން
އިނގިރޭސިވިލާތް – 1،782 ފަތުރުވެރިން
ޖަރުމަނު – 1،596 ފަތުރުވެރިން
އެމެރިކާ – 1،070 ފަތުރުވެރިން
ޗައިނާ – 858 ފަތުރުވެރިން
ރޯމޭނިއާ – 817 ފަތުރުވެރިން
އިންޑިއާ – 759 ފަތުރުވެރިން
ކަޒަކިސްތާން – 689 ފަތުރުވެރިން
ސްޕެއިން – 635 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 29،167 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 129 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 93 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 83 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 73 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 51 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 20،266 ފަތުރުވެރިން
ހޮޓެލްސް – 922 ފަތުރުވެރިން
ގެސްޓްހައުސް – 7،607 ފަތުރުވެރިން
ސަފާރީ – 780 ފަތުރުވެރިން
އެހެނިހެން – 20 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 178 ރިސޯޓާއި 972 ގެސްޓްހައުސް އާއި 169 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،470 އެވެ.




