ރެހެންދި ދަނޑުގައި މިހާރު ކުރިއަށްދާ ފޯރިގަދަ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕަނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއާފައިބަގެ ހިދުމަތް 400 ރުފިޔާއިން މަތިން ބައްލަވައި ގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބިގެންދާނެ އެވެ.
އިނާމުތަކުގެ ތެރޭގައި ހިމެނެނީ
ޓީވީ
ސޯފާ
ފްރިޖް
މައިކްރޯވޭވް
ތެލި ސެޓު
ކޮންސިއާޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް 2 ރިޓާން ޓިކެޓް
މި ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސް އިން ތަފާތު އިވެންޓްތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓަށް ޒިޔާރަތްކޮށްލައްވާށެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި އުރީދޫ ޓެންޓުގައި އުރީދޫގެ ސްޓާފުން ހަރަކާތްތެރިވަމުންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
މި ޕްރޮމޯޝަން ކޮންމެ ހަފްތާއަކު ކުރިއަށްދާއިރު، އާ ނަސީބުވެރިން ގަވާއިދުން އިއުލާން ކުރާނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.




