ސީ ޓު އެއާ މެދުވެރިކޮށް މިދިޔަ މަހު 329 ޓަނުގެ ކާގޯ އުފުލައިފި

ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު 329 އަށްވުރެ ގިނަ ޓަނުގެ ކާގޯ އުފުލައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ މަހު 10 އެއާލައިނަކުން 20 ގައުމަކަށް މުދާ އުފުލާފައިވާ ކަމަށެވެ. އެއީ 20 ފޫޓުގެ 66 ކޮންޓޭނަރުގެ މުދަލެވެ.

މުދާ އުފުލި އެއާލައިންތަކުގެ ތެރޭގައި ވާޖިން އެޓްލާންޓިކް، އިއްތިހާދު، ލުފްތަންސާ، ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، ސައުދިއާ، ސުވިސްގެ އިތުރުން އެމިރޭޓްސް ހިމެނެ އެވެ.

އެމްޕީއެލުން ބުނި ގޮތުގައި މުދާ އުފުލި ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި އިޓަލީ އާއި އެމެރިކާ އާއި ޖަރުމަނާއި ފްރާންސް ހިމެނެ އެވެ.

މީގެ އިތުރުން ކެނެޑާ، ގްރީސް، ސްޕެއިން، ތުރުކީ، ޕޯޗުގަލް އަދި ބެލްޖިއަމްއަށް މުދާ އުފުލާފައިވާ ކަމަށް އެމްޕީއެލުން ބުނެފައިވެ އެވެ.

މި ހިދުމަތަކީ ކަނޑު މަގުން ރާއްޖެއަށް އަންނަ މުދާ ރާއްޖޭގައި ޓްރާންސިޓްކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ގައުމުތަކަށް ފޮނުވުމުގެ ގޮތުން ދޭ ހިދުމަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *