އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެއަށް 49،625 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަފުތާގައި ރާއްޖެ ޒިޔާރަތްކުރި 43،903 ފަތުރުވެރިންނަށްވުރެ 13 ޕަސެންޓް އިތުރުވުމެކެވެ.
ފުރަތަމަ ހަފުތާގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ.
ޓޫރިޒަމްގެ ގަދަ 10 ގައުމު
ރަޝިއާ – 10،548 ފަތުރުވެރިން
އިޓަލީ – 7،510 ފަތުރުވެރިން
އިނގިރޭސިވިލާތް – 3،386 ފަތުރުވެރިން
ޖަރުމަނު – 2،980 ފަތުރުވެރިން
އެމެރިކާ – 1،632 ފަތުރުވެރިން
ޗައިނާ – 1،480 ފަތުރުވެރިން
އިންޑިއާ – 1،386 ފަތުރުވެރިން
ކަޒަކިސްތާން – 1،267 ފަތުރުވެރިން
ޕޮލޭންޑް – 1،139 ފަތުރުވެރިން
ރޯމޭނިއާ – 1،097 ފަތުރުވެރިން
ފަތުރުވެރިންގެ ތެރެއިން 48،919 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 213 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 170 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 132 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ އިތުރުން މާމިގިލި އެއާޕޯޓުން 111 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 79 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި ފެސިލިޓީތައް
ރިސޯޓު – 34،137 ފަތުރުވެރިން
ހޮޓެލްސް – 1،551 ފަތުރުވެރިން
ގެސްޓްހައުސް – 12،892 ފަތުރުވެރިން
ޓޫރިސްޓް އުޅަނދުތައް – 1،006 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި 973 ގެސްޓްހައުސް އާއި 168 ސަފާރީ އުޅަނދު އަދި 16 ޓޫރިސްޓް ހޮޓާ ދަނީ ހިންގަމުންނެވެ. މި ފެސިލިޓީތަކުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 67،641 އެވެ.




