އޭޓީއެފް އާމްދަނީ 3.8 ބިލިއަނަށް

އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރުގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.91 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދައުލަތަށް ލިބިފައިވެ އެވެ.

ޑިޕާޗާ ޓެކްސްގެ ގޮތުގައި 2024 ވަނަ އަހަރު ލިބުނީ 1.13 ބިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2024 ވަނަ އަހަރު ލިބުނީ 1.15 ބިލިއަން ރުފިޔާ އެވެ.

ޑިޕާޗާ ޓެކްސް މިހާރު ނަގާ ރޭޓް
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު | ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު | ބިދޭސީން 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު | ބިދޭސީން 90 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު | ބިދޭސީން 120 ޑޮލަރު

ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގާ ރޭޓް
އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު | ބިދޭސީން 50 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު | ބިދޭސީން 120 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު | ބިދޭސީން 240 ޑޮލަރު
ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު | ބިދޭސީން 480 ޑޮލަރު

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެ އެވެ.

ޑިޕާޗާ ޓެކުހާއި އޭޑީއެފް ނަގާ ރޭޓަށް އެންމެފަހުން ބަދަލު ގެނައީ ޑިސެމްބަރު 1، 2024 އިން ފެށިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *