ޑޮލަރު އާމްދަނީ 1.46 ބިލިއަނަށް

ޑޮލަރު އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 1.46 ބިލިއަން ޑޮލަރު ދައުލަތަށް ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ ވަނީ 37.8 ޕަސެންޓް އިތުރުވެފަ އެވެ.

ޑޮލަރު އާމްދަނީގެ ގޮތުގައި 2024 ވަނަ އަހަރު ދައުލަތަށް 1.06 ބިލިއަން ޑޮލަރު ލިބުނެވެ.

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ — ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 714.2 މިލިއަން ޑޮލަރު (11 ބިލިއަން ރުފިޔާ) ލިބުނެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލިބުނުއިރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 134 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލިބުނެވެ.

މީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި 123.1 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބުނުއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 124 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) އަދި ގްރީން ޓެކްސްގެ ގޮތުގައި 146 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ލިބުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *