ޕީކް ހެންޑްލިންގްއަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގައި ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތައް އެ ކުންފުނީގެ އިސްވެރިން ބައްލަވާލައްވައިފި އެވެ.
ސްޓެލްކޯ އިން ބުނީ މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ ޕީކް ހޭންޑްލިންއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުންފުނި ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން މިއަދު ހުޅުމާލެއަށް ވަޑައިގެން ބައްލަވާލައްވާފައިވާ ކަމަށެވެ.
ޕީކް ހެންޑްލިންގްއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި 2 އެމްވީއޭގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ޕީކް ސީޒަނަށާއި ރޯދަ މަހަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވައި ކޮމިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.




