ކްރޫޒްލައިނާއަކުން 500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ކްރޫޒްލައިނާ — "އެމްއެސް ކްރިސްޓަލް ސިމްފަނީ" އިން ރާއްޖެ އައި ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ކްލިއަރެންސްދީފަ އެވެ.
މީގެ ތެރޭގައި 557 ފަސިންޖަރުންނާއި 496 ކްރޫން ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
މި ކްރޫޒްލައިނާ ރާއްޖެ އައީ ސްރީލަންކާގެ ކޮލަމްބޯ އިންނެވެ. މިއީ މި ކްރޫޒްލައިނާ މި އަހަރު ރާއްޖެ އައި ދެވަނަ ފަހަރެވެ.




