އެމިރޭޓްސްގެ ދަތުރުތަކަށް ބުރޫ އަރައިފި

ސަރަހައްދުގެ ހަމަނުޖެހުމާއެކު ޔޫއޭއީގެ އެމިރޭޓްސް އެއާލައިންގެ ބައެއް ފްލައިޓްތަކުގެ ދަތުރުތަކަށް ބުރޫ އަރައިފި އެވެ.

އެމިރޭޓްސް އިން ވަނީ އެ އެއާލައިންގެ ވެބްސައިޓޫން ދަތުރުތަކުގެ އެންމެފަހުގެ މައުލޫމާތު ހޯދުމަށް ކަސްޓަމަރުންގެ ކިބައިން އެދިފަ އެވެ.

އެމިރޭޓްސް އިން ބުނީ ހާލަތު ގާތުން ބަލަައި މޮނިޓާކުރަމުންދާ ކަމަށާއި ކަންކަން ބަދަލުވަމުންދާ ގޮތަށް ބަލައި އެއާލައިންގެ އޮޕަރޭޝަންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެ ކަމަށެވެ.

ދަތުރުތަކަށް ބުރޫއެރުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމިރޭޓްސް އިން ވަނީ މައާފަށް އެދިފަ އެވެ.

އެމިރޭޓްސް އިން އިތުރަށް ބުނީ ދަތުރުތައް އަލުން ބުކްކުރުމާއި ފައިސާ އަނބުރާ ދިނުން ނުވަތަ ދަތުރުގެ އެހެނިހެން އިންތިޒާމުތައް ހަމަޖައްސައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެމިރޭޓްސްގެ ދަތުރުތަކަށް ބުރޫ އަރާފައިވާއިރު ގަތަރު އެއާވޭސް އިން ވަނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މި ދެ އެއާލައިނަކީވެސް މެދުއިރުމަތިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އުފުލާ ދެ ގައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *