ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ގަތަރު އެއާވޭސްގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރީ އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުންވެސް ރައްދު ހަމަލާ ދޭން ފެށުމުންނެވެ.
ދަތުރުތައް ހުއްޓާލުމުން ފަސިންޖަރުންނަށް ދިމާވާނެ ދަތިތައް ހައްލުކުރުމަށް ގަތަރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ގަތަރު އެއާވޭސް އިން ބުނެފައިވެ އެވެ.
ވައިގެ ސަރަހައްދު އަލުން ހުޅުވުމާއެކު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު ޝެޑިއުލްއަށް ބަދަލު އައުމާއި ފްލައިޓް ޑިލޭވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ގަތަރު އެއާވޭސް އިން ބުންޏެވެ.
ދަތުރުތައް މެދުކަނޑާލުމުން ދިމާވާނެ ދަތިތަކަށް އެ އެއާލައިނުން ވަނީ މައާފަށް އެދިފަ އެވެ.




