އިޒްރޭލުން ލުބުނާނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް

އިޒްރޭލުން ލުބުނާނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ލުބުނާންގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް މިއަދު ފަތިހު ވަނީ ގިނަ ހަމަލާތަކެއް ދީފަ އެވެ.

އެ ގޮތުން މެޝިން ބަޑި އާއި އާޓިލަރީ އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވެ އެވެ.

އިޒްރޭލުން ބުނި ގޮތުގައި ޑްރޯން ހަމަލާ ދިނީ ހިޒްބުﷲ ގެ މެންބަރުންތަކެއް ދަތުރުކުރި ކާރަކަށެވެ.

ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް އިޒްރޭލުން ދަނީ ލުބުނާނުގެ ދެކުނުގައި ދިރިއުޅޭ ރައްޔިތުން އެމީހުންގެ ގެދޮރުން ނުކުމެ އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް މަޖުބޫރުކޮށް އިންޒާރު ދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *