ލޯންޗެއް އެކްސިޑެންޓްވެ، ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

ލޯންޗެއް އެކްސިޑެންޓްވެ ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އެމްއެންޑީއެފުން ބުނީ މި ލޯންޗް ދަތުރު ކުރަމުން ދިޔައީ ވިލިގިލިން ގިރިލަންކަންފުއްޓަށް ދިއުމަށް ކަމަށާއި ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިގިއްޔާ ވަރަށް ކައިރީގައި އޮއްވާ ކަމަށެވެ.

މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ލޯންޗު އެކްސިޑެންޓް ވީގޮތް ފުލުހުން ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *