ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި ކޮންކްރިޓް ޕޭވްމަންޓު އެޅުމަށް ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން ޝަފީގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލްކުރުމާއި، 30 ޓަނުގެ ބޯލާޑްސް ޖެހުން އަދި ކޮންކްރީޓް ޕޭވިންގްގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫއަކީ 18.80 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމުން އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބި، ދެވޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.




