ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް 4،154 ވޯޓު ކަރުދާސް ޕްރިންޓްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނި ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަނަށް ވޯޓުކަރުދާސް ޗާޕްކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މި ބައި-އިލެކްޝަންގައި 4،121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.
ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ.
އީސީން ބުނި ގޮތުގައި މި ބައި-އިލެކްޝަންގައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ފަސް ފޮށި ބަހައްޓަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ. އަދި މާލޭގައި ދެ ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ އޮންނާނީ ޖޫން 6 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ ގޮނޑި ހުސްވީ އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.




