ދީނީ އިލްމުވެރިންގެ ބައްދަލުވުން މިމަހު 14ގައި ފަށަނީ

ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހުގެ 14 އިން 15 އަށް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކުރާ މި ބައްދަލުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އިލްމުވެރިންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާނީ މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސާ ޑރ. މުސްފިރު ބިން އަލީ އަލްޤަހްތާނީ އެވެ.

މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު ތީމަކީ "21 ވަނަ ގަރުނުގައި އިސްލާމީ ދައުވަތު"އެވެ.

ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ދީނީ އެކި މައްސަލަތަކުގައި އިލްމުވެރިން ބަހުސްކުރައްވައި އެކި މަޢުޟޫއުތަކަށް އިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައެއްވެސް ކުރިއަށް ދާނެ އެވެ.

ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މެދުކަނޑާލާފައި ވަނިކޮށް އަލުން އެ ބައްދަލުވުން ފެށީ 2024 ވަނަ އަހަރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *