1983 ވަނަ އަހަރު ސެޕްޓެމްބަރު 14ގައި އުފަންވި އެމީ ވައިންހައުސްއަކީ އިނގިރޭސިވިލާތަށް އުފަން ފަންނާނެކެވެ.
ލަވަ ކިއުމާއި މިއުޒިކު ކުޅުމުގެ ހުނަރު ހުރި ޒުވާނެކެވެ. 13 އަހަރުން ފެށިގެން މިއުޒިކުގެ ތެރެއިން މަޝްހޫރުކަން އައީ ހޯދަމުންނެވެ. އުމުރުން 19 އަހަރުގައި އޭނާގެ ފުރަތަމަ އަލްބަމް ރެކޯޑު ކުރި އެވެ.
ޖޭޒް ސްޓައިލް އަލްބަމް "ފުރޭންކް" އަދި "ބެކު ޓު ބުލެކް" އެއީ ކާމިޔާބީ ގެ ފެށުމެވެ. 2008 ވަނަ އަހަރު 5 ގުރެމީ އެވޯޑު ލިބުނު ފުރަތަމަ އިނގިރޭސި އަންހެނަކީވެސް އެމީ އެވެ.
ގިނަ ކާމިޔާބު މިއުޒިކް ޝޯތަކަށް ފަހު 2008 ވަނަ އަހަރު ޖޫން މަހު ފުއްޕާމޭގެ ބައްޔަކާއި ގުޅިގެން އެމީ ކުއްލިއަކަށް އެޑުމިޓް ކުރެވުނެ އެވެ.
ފުއްޕާމޭ ގެ ބައްޔަށް ފަރުވާ ކުރަމުން ދިޔަ މި ނާޒުކު ވަގުތުގައި، ސިއްހަތަށް ބެލުމެއް ނެތި، ނެލްސަން މަންޑޭލަގެ 90 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ހައިޑް ޕާކުގައި ބޭއްވި ހަފްލާގައި އެމީގެ ހުށައެޅުންތައް ގެނެސްދިނެވެ.
އެމީގެ ހިތްގައިމު ލަވަތަކުން މަންޑޭލާގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ. އަދި އެމީގެ އެ ހުށައެޅުމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.
ޖޯޖު މައިކަލް ވަނީ އެމީ އަކީ އޭނާ ދެކުނު އެންމެ މޮޅު އަންހެން ވޯކަލިސްޓް ކަމަށް ބުނެފަ އެވެ.
އެމީއަކީ އަމިއްލަ ސްޓައިލެއް ގެންގުޅޭ ފަންނާނެކެވެ. އަދި އޭނާގެ ތަފާތު ބީހައިވް ހެއާ ސްޓައިލްއަކީ އެދުވަސްވަރު ޒުވާނުންނަށް ކަމުދާ ސްޓައިލަކަށް ވަނީ ވެފަ އެވެ،
އެހެން ނަމަވެސް އިނގިރޭސިވިލާތުގެ އެންމެ ނަފުރަތުކުރާ މީހާގެ ޓެގުވެސް ލިބުނީ އެމީ އަށެވެ. ސަބަބަކީ މިއުޒިކް އިންޑަސްޓްރީގައި ލިބިފައިވާ މަޝްހޫރުކަމާއި އެއްވަރަށް އެމީގެ ޒަތީ ދިރިއުމުގައި ރަލާއި މަސްތުވާތަކެތި ކުޅެމުން ދިޔަ ދައުރު އާންމުންނާއި ހަމައަށް ތިލަވެފައިވުމެވެ.
އެމީ އޭނާގެ ޝޯތަކަށް ގަޑިއަށް ހާސިރު ނުވުމާއި އަދި އެމީގެ އިންތިޒާރުގައި ސަޕޯޓަރުން އެތައް އިރެއްގަ ބޭތިއްބުމައް ފަހު ރަނގަޅަށް ޕާފޯމް ނުކުރުން ފަދަ ކަންކަމުން އޭނާގެ މައްޗަށް މީހުންގެ ނަފްރަތު އުފެދިގެން ދިޔަ އެވެ.
2007 ވަނަ އަހަރު އެމީ ކައިވެނި ކުރިއެވެ. އެމީ ކައިވެނި ކުރީ އޭނާގެ މިއުޒިކު ވީޑިއޯ އެސިސްޓެންޓްއެއްގެ ގޮތުގައި މަސައްކަތް ކުރި ބްލޭކް ފިލްޑަރ އާއި އެވެ.
މަސްތުވާތަކެތިން ދުރުކުރުމަށް އާއިލާގެ އެހީތެރިކަން ލިބުނު ނަމަވެސް ބުލޭކްގެ ސަބަބުން ރަލާއި މަސްތުވާތަކެތީގެ ދުނިޔެއަށް މާ ބޮޑަށް ގަންބާލިއެވެ.
އެމީ އާއި ބްލޭކްގެ ގުޅުމުގެ ތެރެއައް މައްސަލައަކަށް ފަހު މައްސަލައެއް ވަދެ އެންމެ ފަހުން އެ ކައިވެނި ރޫޅިއްޖެ އެވެ.
އެމީ ގެ ލޯބި ސިފަ ކޮއްދެމުން އޭނާ ބުނެފައިވަނީ މިހާތަނަށް އެންމެ ހިތާމަވެރި ޓުރެކުތައް އުފެއްދުމަށް އިންސްޕަޔާކޮށް ދިނީ ބުލޭކް ކަމަށެވެ.
ރަލާއި ޑްރަގް އެޑިކުޝަން މައްސަލަ ތަކަށް ގިނަ މަސައްކަތެއްކުރެވުނު ނަމަވެސް އެކަމަކުން އެމީއަށް މުޅިން އަރައި ނުގަނެވުނެވެ.
ދެން އިވުނީ 2011 ވަނަ އަހަރު ޖުލައި މަހު 23 ވީ ދުވަހު ދުނިޔޭގެ ނިއުސް މީޑިޔާތަކުގެ ފަލަ ސުރުހީތަކުގައި ލިޔަމުން ދިޔައީ އެންމެ 27 އަހަރުގައި އެމީ މި ދުނިޔެ ދުކޮށް ދިޔަވާހަކައެވެ.
އެމީގެ ފުރާނަ ނެތް ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އޭނާގެ ބޮޑީގާޑަށެވެ. އެމީ މަރުވެފައި އޮތީ އެނާގެ ފްލެޓް ތެރޭގައެވެ.
އިނގިރޭސި ވިލާތުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި އެމީ މަރުވީ އަލްކަހޯލް ޕޮއިޒަންގެ ސަބަބުންނެވެ.
އެންމެ 27 އަހަރުގައި އެމީ މިދުނިޔެ އާއި ވަކިވީ އޭނާގެ އެތައް މިލިއަން ސަޕޯޓަރުންގެ ލޮލޮން ކަރުނަ ފައްދާލާފަ އެވެ.
އެމީގެ ހަޔާތަކީ އަރަމުން އަންނަ ފަންނާނުންނަށް ވަރަށް ރަނގަޅު އިބުރަތެކެވެ.




