ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު "ޕީޖީއޯ 2.0″ މިއަދު ލޯންޗުކޮށްފި އެވެ.
ބާސެލޯގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
ޕީޖީއޯ 2.0ގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް، އެ އޮފީހުގެ މަސައްކަތުގައި ޕްރޮސެކިއުޝަން މަސައްކަތަށް ހާއްސަ ސޮވްރިން އޭއައި ބޭނުންކުރަން ފެށޭނެ އެވެ. އަދި އެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއަށް އޭއި އިންޓަގްރޭޓްކުރެވޭނެ އެވެ.
ޕީޖީއޯ 2.0 ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ އާ ވެބްސައިޓުވެސް ލޯންޗުކޮށްފައިވެ އެވެ. މީގެއިތުރުން ޕީޖީ އޮފީހުން ރައްޔިތުންނާއި، ދައުލަތުގެ އިދާރާތަކަށް ދޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބޭގޮތަށް ތައާރަފްކޮށްފައިވާ އީ-ދޮރޯށިވެސް ރަސްމީކޮށް ލޯންޗްކޮށްފައިވެ އެވެ.




