ކުރިމަތިލާށެވެ. ފާޑު ކިޔާނެއެވެ.

ރައްޔިތުންނާއި ގުޅުން ހުރި މަގާމްތަކަށް ކުތިމަތިލައި އެފަދަ މަގާމްތަކަށް އިންތިހާބްވުމުން ރައްޔިތުން ފާޑު ކިޔާނެ އެވެ.

މިފަދަ އިންތިހާބީ މަގާމްތަކަށް ނުވަތަ ރައްޔިތުންނާ ސީދާ ގުޅުންހުރި ވަޒީފާތަކަށް ކުރިމަތި ލާންވާނީ މިކަން އެނގިހުރެ އެވެ.

ރައްޔިތުންނާ ގުޅުން ހުރި މަގާމުތަކުގައި ތިބޭ ބަޔަކު އެބައެއްގެ ޒިންމާ އަދާ ނުކުރުމުން އެމީހުންނަށް ފާޑު ކިޔަން ތިބޭނީ ދެން ކޮންބައެއްތޯއެވެ.

ޔަގީނުންވެސް އެމީހުންގެ މަސައްކަތައް ފާޑު ކިޔަން ޖިންނީނެއް ނާންނާނެ އެވެ. އެފާޑު ކިޔުތައް އަންނާނީ ރައްޔިތުންގެ ފަރާތުންނެވެ.

އެހެން ނަމަވެސް ބިނާކުރަނިވި ފާޑު ކިޔުމަށް ޖާގަނުދީ އެ ފާޑުކިޔާ މިހާ އުލު ބައިންދާ، އެމީހާގެ ދުވަސް ދުއްވާލުން އެއީ މިއަދުގެ އާދަ އެވެ.

ބާރުވެރި ފަރާތުން އޭނާ އަތުގައި އޮންނަ ބާރު ބޭނުންކޮށް ފާޑުކިޔާ މީހާ ނިކަމެތިކޮށް ލަދު ގަންނަވާލުމަކީ މިއަދުގެ ހަގީގަތެވެ.

ފާޑު ކިޔުމުގެ އަނެއްކޮޅު ވެސް އެބައޮތެވެ. އެއީ ހައްދުފަހަނަ އަޅާ ދާވަރަށް ފާޑު ކިއުމެވެ.

ފާޑު ކިޔުމުގައި އެފާޑުކިޔުން ރައްދުވާ މީހާއިން ނެއްޓި އެމީހާގެ އަނބި ދަރިން "އޮރިޔާން" ކުރުމަކީވެސް އިންސާފެއް ނޫނެވެ.

ފާޑު ކިޔާ މީހާ ނުވަތަ ފާޑު ކިޔާ ފަރާތްތަކުގެ ޒިންމާއެއްވެސް އޮންނަން ވާނެ އެވެ.

ފާޑު ކިޔާ ފާރަތްތަކުން ފާޑު ކިޔުމުގައި އާންމު އަހުލާގީ މިންގަނޑު ތެރޭ ހިފެހެއްޓީމާ އެހެރީ ރަނގަޅަށެވެ. ފާޑު ކިޔުންވެސް އޮންނަންވާނީ ހުދޫދެއްގެ ތެރޭގަ އެވެ.

ފާޑު ކިޔުމުގެ ނަމުގައި އެއްވެސް އަސާސެއް، އަސްލެތް ނެތް ވާހަކަތައް ފަތުރައި މައުސޫމް އެތައް ބައެއްގެ އަބުރު ކަތިލުމަކީ މާ މޮޅު ކަމެއް ކަމުގައި ދެކިގެން ނުވާނެ އެވެ.

އެކަމަކު ފާޑު ކިޔޭނެއެވެ. މަގާމްތަކުގައި ތިބިއްޔާ ފާޑު ކިޔާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *